މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތައް ހެދުމަކީރައީސްގެ ވައުދުފުޅެއް

މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް އަލުން ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަސައްކަތް ފަށާފައި ވަނީ އިއްޔެ ކަމަށް  ހައުސިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.  

މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މަޝްރޫއުގެ މައިގަނޑު ސްޓޭކްހޯލްޑަރުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، ޗައިނާގެ ސަރުކާރުން އައްޔަން ކުރި ފަންނީ ޓީމުން މަގުތަކުގެ ހާލަތު ދެނެގަނެފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 5 އިން 21 އަށެވެ.

މި މުއްދަތުގެ ތެރޭގައި، އެ ޓީމުން ވަނީ މަގުތަކުގެ ފީސިބިލިޓީ ދިރާސާގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ މަގްސަދަކީ، ހާލަތު ދަށްވެފައިވާ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމެވެ. ދެން ކުރިއަށް އޮތީ އެ މަސައްކަތުގެ ޑިޒައިނިން މަރުހަލާއެވެ.

ހައުސިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ތާރު އަޅައި ތަރައްގީކުރާނެއެވެ. އަދި އެކަން ކުރާނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑްކޮށްފައެވެ. މީގެ އިތުރުން ފަޔާ ހައިޑްރަންޓް ނިޒާމާއި ސްޓޯމް ވޯޓާ ނިޒާމް ވެސް ގާއިމު ކުރާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy