މެސީ ހިމެނޭގޮތަށް އާޖެންޓީނާ އިން އަންނަ އަހަރު އިންޑިއާގެ ކެރަލާގައި މެޗެއް ކުޅެނީ

އާޖެންޓީނާގެ ކެޕްޓަން މެސީ

އަންނަ އަހަރު އާޖެންޓީނާ އިން ލިއޮނަލް މެސީ ހިމެނޭ ގޮތަށް އިންޑިއާގެ ކެރަލާގައި މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ކެރަލާގެ ސްޓޭޓް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ކެރަލާގެ ސްޕޯޓްސް މިނިސްޓަރު، ވީ އަބްދުއްރަހުމާން ވިދާޅުވީ، މެސީ ހިމެނޭ ގޮތަށް އާޖެންޓީނާ އިން އަންނަ އަހަރު ކެރަލާގައި މެޗެއް ކުޅޭ ގޮތަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މެޑްރިޑްގައި، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ވީ އަބްދުއްރަހްމާން އާއި ކެރަލާގެ ޗީފް މިނިސްޓަރު، ޕިނަޔާރީ ވިޖަޔަން ބައްދަލުވުމެއް ބޭއްވިކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަބްދުއްރަހުމާން ވިދާޅުވީ، ދުނިޔޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، މެސީ ހިމެނޭހެން ކެރަލާގައި މެޗެއް ކުޅެން އާޖެންޓީނާ އިން އަންނައިރު، މި މެޗުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސްޓޭޓް ސަރުކާރުން ކަމަށެވެ. އަދި މި މެޗާ ގުޅޭ މުހިންމު ކަންތައްތަކެއް މަޝްވަރާ ކުރުމަށް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭ އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ކެރަލާ އަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ފީފާ އިންޓަނޭޝަނަލް ބްރޭކެއްގައި އިންޑިއާ ގައުމީ ޓީމާ ދެކޮޅަށް އާޖެންޓީނާ އިން ކުޅޭ މި މެޗު ކޯޗީގައި ކުޅުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އަބްދުއްރަހުމާން ވިދާޅުވީ، ކުޅޭނެ ތާރީހަކާއި ސްޓޭޑިއަމެއް ކަނޑައަޅާނީ ދެން އޮންނަ ބައްދަލުވުމެއްގަ އެވެ.

މެސީ ވަނީ 2011 ވަނަ އަހަރު އިންޑިއާގައި މެޗެއް ކުޅެފަ އެވެ. އެއީ، ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި އެކުވެރިކަމުގެ މެޗުގަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy