ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ އިސް ބޭފުޅުން ޖަލްސާއެއްްގައި --

ސަރުކާރު ހިންގައި ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން އިންތިޒާމު ކުރާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ.

ވޯޓް ލާން ފަށާފައިވަނީ ހެނދުނު 10:00 ގައެވެ. ވޯޓް ލުން މެންދުރުފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

މި އިންތިޚާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓް ފޮށްޓާއެކު ޖުމުލަ 144 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 33،500 މީހުން އެބަތިބި ކަމަށް އެ ޕާޓީން ބުންޏެވެ.

މުޅިއެކު 1984 މަގާމަށް މީހުން އިންތިހާބު ކުރަން ނިންމާފައިވާ މި އިންތިހާބުގައި 648 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އަނެއް 1300 މަގާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތި ލާފައިވާތީ، އެ މަގާމުތަކަށް ވަނީ އިންތިހާބަކާ ނުލައި މީހުން ހޮވިފައެވެ.

މާލެއާއި އަތޮޅުތެރޭގައި އަަތޮޅު ތެރޭގައި އިންތިހާބު އޮންނަ 88 ރަށުގައި ވޮޓު ލުމުގެ ހައްގު ލިބިފައިވާ 33500 މެމްބަރުން އެބަތިއްބެވެ.

މާލޭގައި ވޯޓް ލުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ. ހުޅުމާލެއިން ރެހެންދި ސުކޫލްގައެވެ.

މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން ޖުމުލަ 2،095 މެންބަރުން ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެއެވެ.

ކުރިއަށް މިވަގު ދާ މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ދާއިރާ ރައީސުންނާއި، ދާއިރާ ނައިބްރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސްއާއި، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސްއާއި، ސްޓިއަރިން ކޮމިޓީގެ މެންބަރުން އަދި އެ ކޮމިޓީގެ އިންތިހާބީ މަގާމުތަކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy