ހާޝިމް --ފޮޓޯ/އާމަހި ޕޯޓަލް
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 57 އަހަރުގެ ހާޝިމް އަބޫބަކުރު، ހއ. ހޯރަފުށީ، އަނދަލީބުގެ، މިނިވަން ކުރި ވާހަކަ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އިން މިރޭ ދޮގުކޮށްފިއެވެ.
ބާރަ އަހަރަށް ޖަލަށްލާފައި ހުރި ހާޝިމް މިނިވަން ކުރި ކަމަށް ބުނެ ފަތުރާ ވާހަކަ ދޮގުކޮށް ކަރެކްޝަނުން ނޫސް ބަޔާނެއް ވަނީ ނެރެފައެވެ.
އެ ބަޔާނުގައި ބުނަނީ ހާޝިމަކީ 2022 އިން ފެށިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހެއް ކަމަށާއި އަދި އޭނާ އަކީ އެ އަހަރުން ފަށައިގެން އުނަގަނޑުގެ މައްސަލައެއް ހުރުމުގެ ސަބަބުން ވޭން ތަހައްމަލު ކުރަމުންދާ މީހެއް ކަމަށެވެ.
އަދި އޭނާގެ ސާޖަރީ ރާއްޖެއިން ކުރެވެން ނެތް ކަމަށް ޑޮކްޓަރުން ދެއްވި ލަފާގެ މަތިން އެ ސާވިސްގެ މެޑިކަލް ބޯޑުގެ ނިންމުމާ އެކު އޭނާ ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ މިއަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ދީފައިވާނެ ކަމަށާއި ފަރުވާއަށް ފަހު މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހު އޭނާ މާލެ އައިސްފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަނުން ބުނީ ހާޝިމްގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފައާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ، އޭނާ ވަނީ ހުކުމް ތަންފީޒު ކުރުމަށް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ގޭ ބަންދުގައި ހުރި ނަމަވެސް ކަރެކްޝަންގައި އޮންނަ އުސޫލާ އެއްގޮތަށް އޭނާ މޮނިޓާކޮށް ބަލަހައްޓަމުންދާ ކަމަށް ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް