އާރުޓީއަށް ޖަވާބު ނުދެވުނީ މުވައްޒަފެއްގެ އިހުމާލުން، ފިޔަވަޅު އަޅައިފިން: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު --

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި މައްސަލައަކާ ގުޅުވައިގެން އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް)އަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމަށް ހާޒިރު ނުވެވުނީ، އެތަނުގެ މުވައްޒަފެއްގެ އިހުމާލުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އައިކޮމްގައި އޮންލައިންކޮށް ބާއްވަން ތާވަލުކުރި އަޑުއެހުމަކަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައި ނުވާ މައްސަލައިގައި އައިކޮމް އިން ވަނީ އެ މިނިސްޓްރީ، 350 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

އައިކޮމް އިން ބުނީ އެ މިނިސްޓްރީ ޖޫރިމަނާ ކުރަންޖެހުނީ އެއްވެސް އެއްޗެއް އެންގުމަކައި ނުލައި އަޑުއެހުމަށް ހާޒިރުނުވުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައާ ގުޅުވައިގެން ހައުސިން މިނިސްޓްރީން ނޫސްބަޔާނެއް މިއަދު ނެރެފައިވެއެވެ.

އެ ބަޔާނުގައި ބުނަނީ އެ މިނިސްޓްރީގެ ކަންކަން އެންމެ ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅައި ހުށަހެޅުން ތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އެހެންވެ، ނޮވެމްބަރުގައި ހަތް ވަނަ ދުވަހު އައިކޮމްއިން އެ މިނިސްޓްރީ ޖޫރިމަނާ ކުރުމަކީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށެވެ.

އެ މުވައްޒަފާ މެދު ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ދާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި ބުނެފައިވަނީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy