ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް، ދެމީހަކު އެޑްމިޓްކޮށްގެން އިތުރު ފަރުވާ ދެނީ

ކ. ގުޅި: މިރަށުން ފާނަބަސަންދުގެ 11 ކޭސް ފެނިފައިވޭ --

ކ. ގުޅިން ފާނަބަސަންދު ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި އަހަރުގެ ނޮވެމްބަރު މަހު ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު އައިޖީއެމް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އިތުރު ފަރުވާދެމުން ދާ ކަމަށެވެ.

ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރުމަހާ ހަމައަށް މުޅި ރާއްޖެއިން 2977 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާތު ހިސާބުތަކުން ދައްކައެވެ.

މީގެ ތެރޭގައި މާލޭ ސަރަހައްދުން 1506 ކޭސް ރިޕޯޓްކޮށްފައިވާއިރު އަތޮޅުތަކުން ރިޕޯޓު ކުރި އަދަދު އުޅެނީ 1471 ގައެވެ.

ފާނަބަސަންދު (ޗިކަން ޕޮކްސް) އަކީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

މިއީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކައުތެރި ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.

ބަލި ޖެހިފައިވާ މީހާ ކެއްސާ، ކިނބިހި، އެޅުމުގެ ސަބަބުން ނޭވާލާ ނިޒާމުގައިވާ ލޮނދި ފަށަލައިގައި ހުންނަ ޖަރާސީމުތައް އެހެން މީހުންގެ ހަށިގަނޑަށް ވާސިލު ވެއެވެ.

އަދި މިބަލި ޖެހިފައި ތިބޭ މީހުންގެ ހަމުގައި ހުންނަ ބްލިސްޓާސް (ޕޮކްސް) ތަކުން އަންނަ ދިޔަ އެހެން މީހުންގެ ގައިގައި ޖެހި އެތެރެހަށްޓަށް ވައިރަސް ފޯރުމުންވެސް މިބަލި ޖެހެއެވެ.

ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 14 ނުވަތަ 16 ދުވަސް ފަހުން ބަލީގެ އަލާމާތައް ފެންނަން ފަށައެވެ. ނަމަވެސް ދިފާއީ ބާރު ދަށް މީހުންނަށް މި އަލާމާތްތައް ފެންނަން ފަށަނީ 10 ދުވަހާއި 21 ދުވަހާ ދޭތެރޭގައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

ވަރުބަލިކަން އިހްސާސްކުރެވުން

ހުންއައުން

ކާހިތްނުވުން

ބޮލުގައި ރިއްސުން

ކެއްސުން

ކަރަށް ތަދުވުން

ބަނޑުގައި ރިއްސުން

ބްލިސްޓާސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން

އެޗްޕީއޭއިން ވަނީ ފާނަބަސަންދުގެ އަލާމާތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy