ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސާ މީގެ ކުރިން ބައްދަލު ކުރައްވަނީ --
ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރު ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބާރު އަޅުއްވައިފިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގައި ލާއިންސާނީ ޖަރީމާ ތަކުގެ ކުށުގައި، އެ ގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު، ޔޮއޭވް ގަލަންޓް ހައްޔަރު ކުރަން އައިސީސީ އިން ވަނީ އަމުރުނެރެފައެވެ.
އެ ކޯޓުން އިއްޔެ ނެރުނު އެ އަމުރުގައި ބުނަނީ އެ ދެމީހުންވެސް ހައްޔަރު ކުރަން އަމުރު ނެރުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މޭ މަހާ ހަމައަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ކުށުގައި ކަމަށެވެ.
އައިސީސީން ނެރުނު އެ އަމުރަށް މަރުހަބާ ދަންނަވަމުން ރައީސް މުއިއްޒު، އިނގިރޭސި ވިލާތުގައި ހުންނަވައި ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަމުރަކީ ހަނގުރާމައާއި ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް، އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އައިސީސީން ނެރުނު އެ އަމުރު ތަންފީޒުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބުމަކީ އެ ސަރަހައްދުގައި އަމާންކަމާއި ސުލްހަމަސްލަސްކަން އަލުން ގާއިމުކުރުމަށްވެސް ކޮންމެހެން ބޭނުންތެރި އެހާމެ މުހިއްމު ކަމެއް ކަމަށެވެ.
"ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައި، ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ސަރަހައްދުގައި ސުލްހަ އަލުން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އަމުރަށް [އައިސީސީގެ އަމުރު] އިހުތިރާމުކޮށް، އަދި އެ އަމުރު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރަން..." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ޖައްބާރު ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރުގެ އިތުރުން އައިސީސީ އިން ވަނީ މިދިޔަ ޖުލައި މަހު، މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނާ، ހަމާސްގެ ލީޑަރެއް ކަމުގަ އިވާ މުޙައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ (ދެއިފް) ހައްޔަރު ކުރަންވެސް އަމުރެއް ނެރެފައެވެ.
އޭނާ ހައްޔަރު ކުރުމުގެ އަމުރު އައިސީސީން ނެރުނީ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފަށައިގެން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ކަމަށް ބުނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް