މިނިސްޓަރ މާރިޔާ ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ޕޮލިސް
ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރަން ތިބޭ ބައެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ އިތުބާރު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ ފުލުހުންނަކީ މަތީ ތައުލީމާއި ތަމްރީނު ހޯދައި، ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި އަމިއްލަ ކެރެކްޓަރު އިސްލާހުކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. މިފަދަ ތަމްރީނުތަކުން އޮފިސަރުންގެ އިލްމީ ފެންވަރާއި ފަންނީ ހުނަރުވެރިކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފޮރެންސިކް ސައިންސް، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އަދި ކޮމިއުނިޓީ ޕޮލިސިން ފަދަ ޚާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ބޭއްވޭ ޑިޕްލޮމާ ޕްރޮގްރާމްތަކުން މުޖުތަމައަށް ކުރިމަތިވެފައިވާ އެކިއެކި ނުރައްކާތަކާއި ގޮންޖެހުންތަކަށް އޮފިސަރުން ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. މި ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު އޮފިސަރުންނަށް ލިބިދޭނެ ތަމްރީނުތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، އަމާޒަކީ ހުރިހާ ފުލުހުންނަށް، ވަކިން ޚާއްސަކޮށް އަންހެން ފުލުހުންނަށާއި ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވުނު ރަސްމިއްޔާތުގައި ޕޮލިސް ކޮލެޖުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކްރިމިނަލް އިންވެސްޓިގޭޝަން، ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް، ލީޑަޝިޕް އެންޑް މެނޭޖްމަންޓް، އަދި ފޮރެންސިކް އިންވެސްޓިގޭޝަން ދާއިރާތަކުން ކިޔަވާ ނިންމި ދަރިވަރުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް