އުމްރާއަށް ގެންދަން ކަމަށް ބުނެ،ސްކޭމަކުން ފައިސާ ހޯދަނީ --
ގިބްލާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ނަމުގައި އުމްރާއަށް ގެންދަން ކަމަށް ބުނެ ސްކޭމަކުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
ގިބްލާ ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ އެ ކުންފުނީގެ ނަން ބޭނުންކޮށްގެން އުމްރާއަށް ގެންދަން ކަމަށް ބުނެ، މީހުން އަތުން ފައިސާ ނަގަމުން އަންނަ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.
މި ސްކޭމާ ގުޅުވައިގެން އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކުން އެ ކުންފުނީގެ އެކައުންޓު ނަމްބަރު ފިޔަވައި އެހެން އެއްވެސް އެކައުންޓަކަށް ފައިސާ ޓްރާންސްފާ ނުކުރުމަށާއި ފައިސާ ދެއްކެވުމަށް ފަހު ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބުނުކަން ޔަގީންކުރުމަށް ވަނީ އެދިފައެވެ.
އެ ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކުން ނަމްބަރު 9666104 ފޯނަށް ގުޅައިގެން ނުވަތަ ކުންފުނީގެ އޮފީހަށް އައިސް ދަތުރު ތަކަށް ރަޖިސްޓްރީ ކުރުމުގެ އިމްތިޒާމް ހަމަޖައްސާފައިވާ ކަމަށް ގިބްލާ ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނެއެވެ.
އެކި ސްކޭމްތައް ހިންގައިގެން ފައިސާ ޓެކުމާއި ފޭރުން ވަނީ ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ވަނީ އިތުރުވެފައެވެ.
ފުލުހުން ބުނީ 2021 ވަނަ އަހަރުން ފެށިގެން 150 މިލިއަނަށްވުރެ، ގިނަ ރުފިޔާ ސްކޭމްތައް ހިންގައިގެން ނަގާފައިވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް