އެމްޕީއެލްގައި ތަމްރީނު ހެދުމުގެ ފުރުސަތު، ކޮންމެ މަހަކު 5000 ރުފިޔާ

އެމްޕީއެލް އިން އަންހެނުންނަށް ހާއްސަކޮށްގެން ތަމްރީމް ޕްރޮގްރާމެއްގެ ފުރުސަތު ހުޅުވައިލުން-- ފޮޓޯ/ އެމްޕީއެލް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އަންހެނުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގައި އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގައި ޕްރޮގްރާމްގެ ތަމްރީނުގެ މުއްދަތުގައި ކޮންމެ މަހަކު އެލަވެންސެއްގެ ގޮތުގައި 5،000 ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭގެ ވިޔަފާރި ބަނދަރު ހިންގައި ކުންފުނިން ހުޅުވައިލި، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ފެށޭ ހަފުތާގެ އާދީއްތަ ދުވަހުގެ ކުރިންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހަތް ދާއިރާއަކުން ޖުމުލަ 18 ފަރާތެއް ތަމްރީންކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ތަމްރީނުވާން ފުރުސަތު ހުޅުވައިލި ދާއިރާތަކަކީ:

ކާޕެންޓާ: 2 ޖާގަ

މެރިން މެކޭނިކް: (މެރިން އިންޖިނިއަރިން) 2 ޖާގަ

ވެލްޑާ: 4 ޖާގަ

މެޝިނިސްޓް: 2 ޖާގަ

އިލެކްޓްރީޝަން: (އިލެކްޓްރިކަލް އިންޖިނިއަރިން): 3 ޖާގަ

މެކޭނިކް: (ވެހިކަލް ރިޕެއާ): 2 ޖާގަ

އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން: 3 ޖާގަ، މިއެވެ.

މި ތަމްރީނު ތަކުގެ ތެރެއިން ކާޕެންޓްރީއާއި ވެލްޑިން އިން ތަމްރީނު ހޯދުމަށް ހުށަހަޅައި ފަރާތްތަކުގެ ކިބައިގައި ގްރޭޑް އަށެއްގެ ފެންވަރު ހުރުމާ އެކު އެމީހަކީ އުުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ.

އޭގެ އިތުރުން ދެން އެ ހުރި ދާއިރާތަކަށް އެދި ހުށަހަޅައި ފަރާތަކީ ޖީސީ އީ އޯލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy