އިޒްރޭލުގެ ބޮޑުވަޒީރާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރަން އަމުރުކޮށްފި

ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ

ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ކުށުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޮއޭވް ގަލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އަމުރުކޮށްފިއެވެ.

އައިސީސީން ނެރުނު އަމުރުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މޭ މަހާ ހަމައަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ކުށުގައި މި ދެ މީހުން ހައްޔަރުކުރަން އަމުރުކުރި ކަމަށެވެ. މި އަމުރުގައި ފާހަގަކޮށްފައިވަނީ ގާޒާގެޒާގެ ރައްޔިތުން ކާބޯތަކެއްޗާއި ފެނާއި ބޭހާއި ބޭސްފަރުވާގެ އިތުރުން ތެލާއި ކަރަންޓުގެ ޚިދުމަތް ފަދަ ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ އެއްޗެހިން ގަސްދުގައި މަޙްރޫމްކުރުވި ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން ގާޒާއަށް އިޒްރޭލުން ވަދެގަނެ ހިންގަމުންދާ ހަމަލާތަކުގައި މިހާތަނަށް 41,000 ފަލަސްތީނީން މަރުވެފައިވާ ކަމަށް ބުނެވެއެވެ. އައިސީސީން ބުނެފައިވަނީ މި މަރުތަކުގެ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ އާއި ގަލަންޓް ކަމަށެވެ.

މީގެއިތުރުން، އައިސީސީން ވަނީ ހަމާސްގެ ލީޑަރެއް ކަމަށްވާ މުޙައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ (ދެއިފް) ހައްޔަރުކުރުމަށްވެސް އަމުރުކޮށްފައެވެ. ނަމަވެސް އިޒްރޭލުން ބުނެފައިވަނީ މިދިޔަ ޖުލައި މަހު ގާޒާއަށް ދިން ހަމަލާއެއްގައި ދެއިފް މަރާލާފައިވާ ކަމަށެވެ. އޭނާގެ މަރު އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy