އިސްލާމީ މަރުކަރުގެ މުންނާރު ވަށައިގެން އޮންނަ ފެންގަނޑު މަރާމާތުކޮށް ހަވާލުކުރުން -- ފޮޓޯ/ ސްޓެލްކޯ
ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ އިން އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮންނަ މަސްފެންގަނޑު މަރާމާތުކޮށް ނިންމައި އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ފެށި މަސައްކަތެކެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީއެވެ.
މި ރަސްމިއްޔާތުގައި އެމްޑީ ފަހުމީ ވަނީ އެ މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ދިން ކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމައިދިން ކަމަށްޓަކައި މަސައްކަތުގައި ބައިވެރިވި އެ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ފަހުމީ ޝުކުރު އަދާކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮންނަ މަސްފެންގަނޑު ހެދުމުގެ މަސައްކަތާ ސްޓެލްކޯ އިން ހަވާލުވީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާން ބާތިލްކުރި ފަހުންނެވެ.
މިނިސްޓްރީން އިއުލާން ބާތިލްކުރީ ހަރަދު ކުޑަކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު އަލުން ރީތި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް