މަރާމާތަށް ފަހު މަސްފެންގަނޑު ހަވާލުކުރުން
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ އޮތް މަސްފެންގަނޑު ސްޓެލްކޯގެ ފަރާތުން މަރާމާތުކޮށް ނިންމައި، މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
މި މަސްފެންގަނޑަކީ މީގެ 40 އަހަރު ކުރިން އިސްލާމީ މަރުކަޒު ހުޅުވުނުއިރުވެސް ހަދާފައިވާ ތަނެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން ބޭނުން ނުކުރެވި އޮތް މި މަސްފެންގަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ފުރުސަތު ހުޅުވާލިއެވެ. މިއީ އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކުރި މަސައްކަތެކެވެ.
ސްޓެލްކޯއިން މި މަސައްކަތް ކޮށްދިނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައެވެ. މަރާމާތުކޮށް ނިމުނު މަސްފެންގަނޑު މިނިސްޓްރީއާ ހަވާލުކުރީ މިއަދު އެ ސަރަހައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެ ކުންފުނީގެ މުވައްޒަފުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސަޢީދާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މީގެ ކުރިން ވަރަށް ހަޑިކޮށް އޮތް މި މަސްފެންގަނޑު މިހާރު ވަނީ އެއްކޮށް ސާފުކޮށް، ކުލަ ބަދަލުކޮށް، މަސްވެސް ލައިފައެވެ. މި މަސައްކަތް ނިންމާލުމާއެކު، އިސްލާމީ މަރުކަޒުގެ ޒީނަތްތެރިކަން އިތުރުވެ، ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރި މަންޒަރެއް ފެންނާނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް