18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު --
ޕާޓީ ބަދަލުކޮށް މަޖިލިސް ހަލަބޮލިވާން ފައްޓައިފިނަމަ ދައުލަތުގެ ހަމަޖެހުން ގެއްލި މަޝްރޫއުތައް މަޑުޖެހެމުން އަންނާނެ ކަމަށާއި މީގެ ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށް 18 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި މި އިސްލާހުތަކާ ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ މީގެ ކުރިން މެންބަރުން ޕާޓީ ބަދަލުކޮށްފައި ހުރުމުން ސަރުކާރުތައް ހިންގުމުގައި ދަތިތައް ދިމާވެފައިހުރި ކަމަށާއި އެގޮތުން ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލީހުން އެންޓި ޑިފެކްޝަންގެ ގާނޫނެއް ވުޖޫދުކުރީ އެހެންވެގެން ކަމަށެވެ.
"ޕާޓީ ބަދަލުކޮށް މަޖިލިސް ހަލަބޮލިވާން ފައްޓައިފިނަމަ ދައުލަތުގެ ސްޓެބިލިޓީ [ހަމަޖެހުން] ގެއްލޭނެ. މަޝްރޫއުތައް މަޑުޖެހެމުން އަންނާނީ. މީގެ ގެއްލުންވާނީ ރައްޔިތުންނަށް،" ނިހާން ވިދާޅުވިއެވެ.
ވިލިމާލޭ ދާއިރާގެ ކުރީގެ ޕީޕީއެމް މެންބަރުކަންވެސް ކުރެއްވި ނިހާން އިތުރަށް ވިދާޅުވީ އެއް ދުވަހުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފައި ވަނީ ކަމުގެ މުހިންމުކަމުން ކަމަށެވެ. އަދި މީގެ ކުރިންވެސް މިގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފައި އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ގާނޫނު އަސާސީއަށް މި ގެނައި އިސްލާހު އިއްޔެ މަޖިލީހުން ފާސްކުރެއްވުމާއެކު ލަސްތަކެއް ނުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ކުރައްވާފަ އެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން މި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަންވެސް ފަށާފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް