މާފުށީ ހޮސްޕިޓަލާއި ކާށިދޫ ސިއްހީމަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

މާފުށީ ހޮސްޕިޓަލް

ކ. މާފުށީ ހޮސްޕިޓަލާއި ކ. ކާށިދޫ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީން އަލުން އިޢުލާން ކޮށްފިއެވެ.

މި އިޢުލާނަކީ ކުރިން ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ އެންމެ ފަރާތުގެ ޝަރުތު ހަމަނުވުމާ ގުޅިގެން ކުރެވުނު އިޢުލާނެކެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް 19 ނޮވެމްބަރުން ފެށިގެން 28 ނޮވެމްބަރުގެ މެންދުރުފަހު 13:00 ގެ ކުރިން ރަޖިސްޓަރީވުމަށް ހެލްތު މިނިސްޓްރީން އަންގާފައިވެއެވެ. ރަޖިސްޓަރީވުމަށް ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު tender@health.gov.mv އަށް އީމެއިލް ކުރަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 17 ޑިސެމްބަރު އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި ހެލްތު މިނިސްޓްރީގައެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 1 ޑިސެމްބަރުގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ދީފައިވެއެވެ.

ހެލްތު މިނިސްޓްރީން އަންގާފައިވާ ގޮތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިއީ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ނުކުތާއެކެވެ.

މާފުށީ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހުގައި ކަމަށްވީނަމަވެސް، އޭރު ހޮސްޕިޓަލަކުން ލިބެންޖެހޭ ގިނަ ޚިދުމަތްތައް ވަނީ ޤާއިމު ނުކުރެވެއެވެ. މިހާރު މި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy