ޕީއެންސީގެ އިސް ވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި --
ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބު މިމަހު 23 ގައި ބާއްވާގޮތަށް އެ ޕާޓީން ނިންމައިފިއެވެ.
އެންމެ ފުރަތަމަ އެ ޕާޓީން އިއުލާނުކުރީ އެތެރޭގެ އިންތިހާބު އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް ދެ ފަހަރު މަތިން ފަސްކުރުމަށް ފަހު އިންތިހާބު ބާއްވަން އެންމެ ފަހުން މި ނިންމީ އަންނަ ހޮނިހިރު ދުވަހުގައެވެ.
އިންތިހާބު ފަސްކުރި ސަބަބެއް ކަމަށް އެ ޕާޓީން ބުނެފައި ވަނީ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނާއި ޕާޓީގެ މެންބަރުން އިންތިހާބު ފަސްކޮށްދިނުމަށް އެދެމުން ދިއުން ކަމަށެވެ.
މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 2،095 މެންބަރުން ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެއެވެ.
ޕީއެންސީ އެތެރޭގެ 91 ދާއިރާއަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ލިސްޓުތައް އާންމުކޮށްފައިވާއިރު، އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ:
ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް އާއި، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އާއި، ސްޓިއަރިން ކޮމިޓީގެ މެންބަރުން އަދި އެ ކޮމިޓީގެ އިންތިހާބީ މަގާމުތަކެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށް އެ ޕާޓީއަށް ސޮއިކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް