އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް އެމް.އޭ.ސީ.އެލް އާއި މަތީ ތަޢުލީމު ވުޒާރާ ގުޅިއްޖެ

ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ ވިދާޅުވީ އެމް.އޭ.ސީ.އެލް އަކީ ތަފާތު އެކި ދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައް އޮތް ތަނެއްކަމަށާއި، ގިނަ މަސައްކަތްތަކަކީ ޚާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއްކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތީ ތަޢުލީމު ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންވެސް އެއީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެމް.އޭ.ސީ.އެލް އިން މިއަހަރު ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި "އެމް.އޭ.ސީ.އެލް ކެރިއަރ 2024" ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ފެއަރތަކާއި "ދާލަން ކެރިއަރ އެކްސްޕޯ" ގައި ބައިވެރިވުން ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy