ނިއު ރޭޑިއަންޓްގެ އައު ޗެއާމަނަކަށް އަހުމަދު މުބީން އިންތިޚާބުކޮށްފި

ނިއު ރޭޑިއަންޓުގެ އާ ހިންގާ ކޮމެޓީ / ފޮޓޯ: މުބީން ފޭސްބުކް ޕޭޖު

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު މުބީން އިންތިޚާބުކޮށްފިއެވެ.

ނިއުއިން ރޭ އެ ކްލަބްގެ ކޮންގްރެސް ބޭއްވިއިރު، އެ ކްލަބްގެ ކުރީގެ ޗެއާމަން އަހުމަދު ވާސިފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ދަރުބާރުގޭގައި ކުރިއަށްދިޔަ ނިއުގެ ކޮންގްރެސްގައި އެ ކްލަބުން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކްލަބްގެ ހިންގުން ހަވާލުކުރާނެ ހިންގާ ކޮމެޓީ އިންތިޚާބުކޮށްފައެވެ.

ޗެއާމަނުކަމާ ހަވާލުވުމަށްފަހު މުބީން ވިދާޅުވީ، އުންމީދަކީ ނިއުގެ ސަޕޯޓަރުންނާ ކްލަބްގެ ކުރީގެ ކުޅުންތެރިންނާ ގުޅިގެން ނިއު އަލުން ފުޓުބޯޅައިގެ ރަސްކަމަށް ގެނައުން ކަމަށެވެ. އޭނާ އަލަށް އިންތިޚާބުވީ ޓީމުގެ އެންމެ އިސް މަސައްކަތަކީ ނިއު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ ނިއުރޭޑިއަންޓް ސަލާމަތް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ނިއުގެ އިތުރުން ފުޓުބޯޅަ ހަމަ މަގަށް އެޅުވުން," މުބީން ވިދާޅުވިއެވެ.

ނިއުއިން ވަނީ އެ ކްލަބް ހިންގުމުގައި ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، އަސާސީ ގަވާއިދަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން، ނިއުއިން ކުރިން ގެންގުޅުނު ޗަންދާ ނެގުމުގެ އުސޫލު ވަނީ ކޮންމެހެން މަޖުބޫރުކޮށް އޮތް އޮތުމުގެ ބަދަލުގައި އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކޮށްފައެވެ.

ނިއުއިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި، ބަލިވީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ. އެންމެ ފަހުން ބޭއްވި، ދެ ވަނަ ޑިވިޝަނުގައި ފައިނަލަށް ދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް އެފްއޭއެމްއިން ގަވާއިދު ހެދި އެވެ. ނަމަވެސް ނިއުއަށް ދެ ވަނަ ފަހަރު ވެސް އެކަން ނާކާމިޔާބުވީ، ސެމީއާ ހަމައިންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy