ލުބްނާނުގައި 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެއްޖެ: ޔުނިސެފް

ލުބުނާނުގެ ރައްޔިތުން ތަހައްމަލުކުރަމުން ދަނީ ހިތްދަތިކަން

ލުބްނާނުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ޔުނިސެފުން ހާމަކޮށްފިއެވެ.

މި ހަނގުރާމަ ފެށިފައިވަނީ ސެޕްޓެންބަރު 23 ވަނަ ދުވަހު އިސްރާއީލުން ލުބްނާނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ، ލުބްނާނުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ އަދަދު 200 އަށް އުފުލިފައިވާއިރު، އިތުރު 1,100 އަށްވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި އަނިޔާވެރިކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެއް ނުފެންނަ ކަމަށެވެ.

ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ހަނގުރާމައިގައި ޝަހީދުވެފައިވާ ޢާންމުންގެ އަދަދު 3,516 އަށް އުފުލިފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޒަޚަމްވެފައިވާ މީހުންގެ އަދަދު 14,929 އަށް އަރާ ކަމަށްވެސް ބުނެފައިވެއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 1.2 މިލިއަނަށް އަރާ ކަމަށާއި، މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުންދަނީ މަގުމަތީގައި ކަމަށެވެ. ޔުނިސެފުން ބުނެފައިވަނީ މި ހާލަތުގައި ތިބި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޔުނިސެފްގެ ތަރުޖަމާނު އެލްޑަރ ވިދާޅުވީ، ލުބްނާނުގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ ޣައްޒާގައި ފެންނަމުންދާ މަންޒަރުތަކާ އެއްފަދަ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ލުބްނާނުގައި ވެސް ބަލައިނުގަނެވޭނެ ކަންކަން މަޑުމަޑުން އާންމުވަމުންދާ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy