ތިލަފުށި
ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ތިލަފުށި ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއް ވާނަމަ، ތިލަފުށި އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ނަންބަރު 9398888 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އުޅަނދުތައް ނެގުމަށް އަންގާފައިވެއެވެ.
މި މުއްދަތުގައި އުޅަނދުތައް ނަގާފައި ނުވާނަމަ، އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމަށް ބަލައި، އެޗްޑީސީން ކަނޑައަޅާ ގޮތެއްގެ މަތިން އުޅަނދުތަކާމެދު ޢަމަލުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ޝުކުރު އަދާކޮށްފައިވެއެވެ. މި މަސައްކަތަކީ ތިލަފުށި ފަޅުތެރެ ސާފުކޮށް، އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް