ރައީސް މުއިއްޒުއާއި ސަރުކާރު ދެމިއޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ދެން: ޕީއެންސީ

ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕުގެ މެމްބަރުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރާ އަދި ޕާޓީވެސް ދެމިއޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންނަށް މިރޭ ދީފިއެވެ.

ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނަނީ މަޖިލީހުގައި މިއަދު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އަވަސްކުރުމަށް ބާރު އެޅުމަށް ސަރުކާރަށް ގޮވައިލައި ގަރާރު ބަލައިނުގަތުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ވޯޓު ދިނީ މަޖިލީހުގައި މިއަދު ކުރަންހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި، އެއްވެސް ހެޔޮނިޔަތެއް ނެތި މަޖިލީހަށް ހުށަހެޅި ގަރާރެއް ކަމަށް ފެންނާތީ ކަމަށެވެ.

އެކަމަކު އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިޔަށްދާނެކަމުގެ ޔަގީންކަން ޕީއެންސީން ދީފައިވެއެވެ.

އެޕާޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރު އަޑުން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށާއި އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވައި އެއް ލީޑަރަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ބަޔާނުުގައި އިތުރަށް ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެ ދިނީވެސް އެ ޕާޓީ އިން ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރު ތެރޭގައި ކަމަށެވެ.

އަދި ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރާ އެ ޕާޓީވެސް ދެމިއޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ޕީއެންސީ އިން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy