ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް --
ފާއިތުވެދިޔަ ތަނުގައި ވެރިކަން ކުރި ހުރިހާ ވެރީންވެސް އެންޓި ޑިފެކްޝަން ގާނޫނުގެ ވާހަކަ ދެއްކި، ކަމަށާއި ނަމަވެސް މިކަން ކުރަން ކެރުނު ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޓްވިޓާގައި ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ތަނުގައި އައި ހުރިހާ ވެރީންނާއި މަޖިލިސް މެމްބަރުން ޕޯޑިއަމްތަކަށް އަރައި އެންޓި ޑިފެކްޝަން ގާނޫނުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި ކަމަށެވެ.
އެހެންނަމަވެސް ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިޚުލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުއިއްޒުކަން މިއަަދު އެވަނީ ސާބިތުކޮށްދެއްވައިފި ކަމަށް ޝަކީލް ވިދާޅުވިއެވެ.
"އަދި މި ދައުރުގެ ޕީއެންސީ މެމްބަރުން ތިބީ ރައްޔިތުންގެ ފަޅީގައިކަންވެސް ސާބިތުކޮށްދެއްވައިފި. ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރު. ޝުކުރިއްޔާ ރައީސް،" ޝަކީލްގެ ޓްވީޓުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވައި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ، އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރު ކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އެ އިސްލާހު ފާސްކުރިތާ ގިނައިރުތަކެއް ނުވަނީސް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް