އެމްޑީޕީގެ އެކްޓިވިސްޓުން މަޖިލިސް ދޮށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން އުޅެފި

އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ކުރަނީ -- ފޮޓޯ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ނުރުހިގެން އިދިކޮޅު އެމްޑީޕީ ސަޕޯޓަރުން މަޖިލިސް ދޮށަށް އެއްވެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން އުޅެފިއެވެ.

އިދިކޮޅު އެމްޑީޕީގެ މަދު މެންބަރުންތަކެއް މަޖިލިސް ކުރާ ގެ ކައިރީގައި ވަނީ އަޑުގަދަކޮށް އެ އެތަނުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައެވެ.

އެމްޑީޕީން މަޖިލިސް ދޮށުގައި އަޑު އުފުލަމުން ދަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެއެވެ.

ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮށަށް އެއްވީ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ތާއީދު ކުރުމުގެ ގޮތުންނެވެ.

އެމީހުން ގޮވަމުންދަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށެވެ. އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުންދަނީ އިސްލާހުތައް ބޭރުކޮށްލުމަށެވެ.

މި ސަަރަހައްދަށް އެއްވެ ތިބި އެމްޑީޕީ ސަޕޯޓަރުންނާއި ޕީއެންސީގެ ސިޔާސީ މުވައްޒަފުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައްވެސް ދީފައެވެ. އެހެންވެ، އެއްވުމުން ވަނީ ކޮންމެވެސް ވަރަކަށް ހޫނުވެ ހަމަނުޖެހުންތަކެއް ހިނގައިފައެވެ.

އެމްޑީޕީން އިސްވެ ފެށި، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މަޖިލީސް ކުރާ ގޭ ކައިރިއަށް އެއްވެ ތިބި މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން އެމްޑީޕީގެ މަދު އަދަދެއްގެ އެކްޓިވިސްޓުން ހިމެނެއެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮަތަށާއި މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫން ގޮތަކަށް ރައްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންނަށް ނުތިބެވޭ ގޮތް ހަދުމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy