---
ފަލަސްތީނުގެ ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ގާޒާއިން މިދިޔަ ދެ ހަފްތާތެރޭ 900،000 މީހުން އަމިއްލަ ވަޒަން ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ)އިން ބުނީ ފާއިތުވި ދެ ހަފްތާތެރޭ ގާޒާގެ އާބާދީގެ 40 ޕަސެންޓް މީހުން އަމިއްލަ ވަޒަން ދޫކޮށް ގޮސްފައިވާ ކަމަށާއި މީގެތެރެއިން 812،000 މީހުންނަކީ ރަފަހް އަދި 100،000 އަށް ވުރެ ގިނަ މީހުންނަކީ އުތުރު ގާޒާގައި ދިރިއުޅެމުންދިޔަ މީހުން ކަމަށެވެ.
ރަފަހް ދޫކޮށް ދިޔަ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ހާން ޔޫނިސް އާއި ޑެއިރް އަލް ބަލަހް ފަދަ ތަންތަނެ ވަގުތީ ހިޔާތަކުގައި ކަމަށާއި ބައެއް މީހުން ހަލާކުވެފައިވާ އިމާރާތްތަކުގައި ވެސް ދިރިއުޅެމުންދާ ކަމަށް އޯސީއެޗްއޭ އިން ބުނެ އެވެ. އަދި ރަފަހް ދޫކޮށް ވަގުތީ ހިޔާތަކަށް އަންނަ މީހުންނަށް ބޭނުންވާ ވަރަށް ޓެންޓުތައް ވެސް ނެތް ކަމަށާއި ކާބޯތަކެތީގެ ބާވަތްތައް ވެސް ހުރީ މަދު އަދަދަކަށް ކަމަށް ބުންޏެވެ.
އިޒްރޭލުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު އެގައުމުން މީގެކުރިން ވަނީ މިލިޓަރީ އޮޕަރޭޝަނެއް ފަށަން ބޭނުންވާތީ ރަފާހްގައި ދިރިއުޅެމުންދާ އެންމެން ވަޒަން ދޫކޮށް ދިޔުމަށް ވެސް އަންގާފަ އެވެ. ނަމަވެސް މިކަން މިގޮތަށް ނުކުރުމަށް އެތައް ގައުމަކުން އިޒްރޭލު ކިބައިން ވަނީ އެދިފަ އެވެ.
އިޒްރޭލުން ބުނީ ރަފާހް އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކުން އާންމުން ފޭބުމަށް ވެސް އިޒްރޭލު ސިފައިން އަންނަނީ އަންގަމުންނެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ގާޒާގެ އެކި ސަރަހައްދުތަކުން އިޒްރޭލަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް