މެލޭޝިއާގެ އެއަރލައިނެއް ކަމަށްވާ ވޯލްޑް ކާގޯ އެއަރލައިން
ރާއްޖޭގެ ސީ ޓު އެއާ ކާގޯ ހިދުމަތަށް އައު އެއާލައިނެއް އިތުރުވެއްޖެއެވެ.
މިފަހަރު މި ޚިދުމަތާ ގުޅިފައިވަނީ މެލޭޝިއާގެ އެއަރލައިނެއް ކަމަށްވާ ވޯލްޑް ކާގޯ އެއަރލައިނެވެ. މި ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.
ވޯލްޑް ކާގޯ އެއަރލައިނުން މި ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ބަންގްލަދޭޝުން ރާއްޖެއަށް ކަނޑު މަގުން ގެނައި އަންނައުނުގެ ބާވަތްތައް ޔޫރަޕްގެ އެކި ޤައުމުތަކަށް ގެންގޮސްފައެވެ. މި ޚިދުމަތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ.
ސީ ޓު އެއާ ކާގޯގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިހާތަނަށް 12 އެއަރލައިން ވަނީ މި ޚިދުމަތާ ގުޅިފައެވެ. މި ޚިދުމަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމެކެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި މި ޚިދުމަތް މިހާރު ބާރު ސްޕީޑުގައި ފުޅާވަމުން އަންނަ ކަމަށާއި، މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް 3 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް