ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު)
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސޖަލްސާގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އެވެ.
މި ބިލުގައި ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުއްދަތު އަދި މަޖިލިސް މެންބަރުންގެ މަޤާމުގެ މުއްދަތު ފަދަ މުހިންމު މާއްދާތަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުން ލާޒިމުކުރާ މާއްދާ އިޞްލާޙު ކުރުމަށް ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ގޮތަށް ހެދުމަށެވެ.
މިހާރު ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބު، މަޖިލީހުގެ އުމުރު އަދި ރިޔާސީ ދައުރާދައުރާއި ރައީސް އިންތިޚާބުކުރާ ގޮތަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހެއެވެ. ނަމަވެސް މި މާއްދާ އިޞްލާޙުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހެއެވެ.
މެންބަރު ޝާހިދު ހުށަހެޅުއްވި އިޞްލާޙުގައިވާ ގޮތުން، މި މާއްދާ އިޞްލާޙުކުރުމަށް ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް (އީއީޒެޑް) އެއްވެސް ބަދަލެއް ގެނައުމަށް ވެސް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާ ގޮތަށް އިޞްލާޙު ހުށަހަޅުއްވާފައިވެއެވެ.
މި ބިލު ހުށަހެޅުއްވުމާއެކު، މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވައި، ބަހުސް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބިލަކީ ޤާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިޞްލާޙު ގެނައުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރާނެ ބިލެއް ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް