ގާސިމް އިބްރާހިމްގެ ނަމުގައި ދައުރުވާ އޭއައި ސްކޭމް އޯޑިއޯތަކާމެދު ސަމާލުވުމަށް އެދިއްޖެ

ގާސިމް އިބްރާހިމް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ހަދާފައިވާ، ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމް އޯޑިއޯތަކެއް ދައުރުކުރާތީ ސަމާލުވާން އޭނާ ރޭ އެދިވަޑައިގެންފިއެވެ.

ގާސިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި އޯޑިއޯތަކުގައި އޮފްޝޯ ޓްރޭޑްކުރުމަށާއި އިންވެސްޓްކޮށް، އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުއާމަލާތްތައް ދިވެހިންނަށް އޭނާ ހޯއްދަވައިދޭ ކަމަށް ދައްކުވައިދީފައި ހުރެއެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކު މެދުވެރިކޮށް ސްކީމްގެ ފައިދާ ލިބޭނެކަމަށް ވެސް ބަޔާންކޮށްފައި ހުރެއެވެ.

މި އޯޑިއޯތައް ގިނައިން ޕޯސްޓްކޮށްފައިވަނީ ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައެވެ. ގާސިމް ވަނީ، މީހުންނަށް އޮޅުވާލައި 'ޒަމާނީކޮށް' ކުރަމުންދާ މި ސްކޭމްތައް، އެކި ވައިބަރ ގްރޫޕާއި ވަޓްސްއެޕް ގުރޫޕުތަކުގައި ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

"މި ފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ," ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަދަ ބައެއް އޯޑިއޯތަކަކީ ހަގީގަތެއް ކަމަށް ހީކޮށް، ބައެއް ފަހަރު އެ ކްލިޕްތައް އޭނާއަށް ފޮނުވާ ކަމަށެވެ. އެހެންވެ، އެއީ ހަގީގަތެއް ނޫންކަމަށާއި އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ، ދަށުދަރަޖައިގެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy