ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖު އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު "ދެލި އޮންލައިން"އަށް ވިދާޅުވީ، އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު 5:25 ހާއިރު، މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ބުރިޖާއި، އެއާޕޯޓާ ގުޅޭ ޓްރެފިކް ލައިޓް ކައިރިން ދުއްވާފައިދަނިކޮށް، ކޮންޓްރޯލުން ނައްޓައިގެން ގޮސް، ހައިވޭގެ ލޭނުތައް ވަކިކުރާ ޑިވައިޑަރުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި އިން އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެމީހާގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިނޫހަށް ޔަގީން ކުރެވިފައިވާގޮތުގައި ސައިކަލް ދުއްވި މީހާގެ ވާތުފައި އުކުޅުވަޅުން ވަނީ ބިނދިފައެވެ. އަދި މޫނަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް