އާޖެންޓީނާ އިން ޕެރޫ ބަލިކޮށް ވޯލްޑް ކަޕް ކޮލިފައިން ތާވަލުގައި ލީޑު ފުޅާކޮށްފި

އާޖެންޓީނާއަށް ލަނޑުޖަހައިދިން ކުޅުންތެރިޔާ އާއި ކެޕްޓަން މެސީ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ އާ ދެކޮޅަށް މިއަދު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ.

މި ކާމިޔާބީއާއެކު އާޖެންޓީނާ ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒެވެ. މިއީ މާޓިނޭޒް ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 32 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖެހި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވެއެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރެޒިލް އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޖުމްލަ ދިހަ ޓީމު ހިމެނޭ ދެކުނު އެމެރިކާގެ ރައުންޑް ރޮބިން ކޮލިފައިންގެ ގަދަ ހަޓީމަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބިގެންދާއިރު ހަތްވަނަ ޓީމަށް ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް ދެ މެޗު ކުޅުމަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން ލައުޓާރޯ މާޓިނޭޒް މެޗަށް ފަހު ބުނެފައިވަނީ ދުނިޔޭގެ ޗެމްޕިއަން ކޮލިފައިންގެ އެއްވަނަ މަގާމުގައި ފަސް ޕޮއިންޓުގެ ތަފާތަކާއެކު މި އަހަރު ނންމާލެވޭތީ އުފާކުރާ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy