މަޖިލިހުގެ ގިނަ މެމްބަރުންނަކީ ޕާޓީތައް ތަމްސީލްކުރާ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރެ މެންބަރަކު އިންތިޚާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލިސް މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
މި އިސްލާހުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށްގެން އިންތިޚާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެނަމަ، ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިސް މެންބަރުކަމުން ވަކިވާނެއެވެ.
އަދި މިހާރު މަޖިލީހުގައި ތިބި މެންބަރުންނަށްވެސް މި ގަވާއިދު ހިނގާނެއެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ހުރި ހުސްކަންތައްތަކެއް ފޫބެއްދުމަށް ކަމަށް ބެލެވެއެވެ. އެ ގާނޫނުގައި ޕާޓީ ބަދަލުކުރާ މެންބަރުންނާމެދު އަޅާނެ ފިޔަވަޅެއް ބަޔާންކޮށްފައި ނުވާތީ، މިހާރު އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައެވެ.
މަޖިލީހުގައި މިހާރު އޮތް ސުޕަ މެޖޯރިޓީއަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުންނެވެ. މި އިސްލާހު ފާސްވެއްޖެނަމަ، އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވެ ފަހުން ޕީއެންސީއާ ގުޅުނު މެންބަރުންނަށްވެސް އަސަރުކުރާނެއެވެ.
މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި އެޖެންޑާ ކުރެވިފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް