ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ ޤައުމީ ބޮޑު މައްސަލައެއް
ރާއްޖޭގައި ބޭރު ސިފައިން ބައިތިއްބާ ނަމަ މަޖިލިހުގެ ރުހުން ހޯދަށްޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރެވިފައެވެ.
މި އިސްލާހުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދީގެން މެނުވީ އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ އެއްވެސް ތަނެއް ދިނުމާއި، އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުން މަނާވާނެއެވެ.
މިހާރު މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، މި އިސްލާހު ފާސްވެއްޖެނަމަ، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ހުއްދަ ދެވޭނީ މަދުވެގެން 47 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ ހުއްދަ ނުދިނުމެވެ. މީގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށްފަހު، އިންޑިއާއިން ހަދިޔާކޮށްފައިވާ އަސްކަރީ އުޅަނދުތައް ދުއްވުމަށް މިހާރު ވަނީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ގެނެސްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް