ކާރެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އިތުރު ހަތަރު މީހުން
ހުޅުމާގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ، އެ އެންމެންވެސް މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.
ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މި ފަސް މީހުން ދޫކޮށްލާފައި މި ވަނީ ބަންދުގައި ހަތް ދުވަހު ބޭތިއްބުމަށްފަހުއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ:
ތަލާލް މޫސާ، ދަފްތަރު ނަންބަރު ރސ. 9022 (37އ) އާއި ހުމާމް އިބްރާހިމް (34އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އާއި ހުސެއިން ހައިކަލް (23އ)، ގ. ކަޅަގާރިމާގެ އާއި އާދަމް ޝަރީފް (36އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އަދި އަހުމަދު ރިޝްފާން (26އ)، ހުޅުމާލެ ފްލެޓް 04-1-71 އެވެ.
އެ މީހުން ހައްޔަރު ކުރީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދެއްކުމުގެ އިތުރުން އެމީހާގެ އާއިލާ މީހުންނަށް ގުޅައިގެން ފައިސާއަށް ޑިމާންޑް ކުރި މައްސަލައެއްގައެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމާއި މީހުން ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ފޭރުމުގެ މައްސަލަތައް ފަހަކަށް ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަވާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިފަހުން ހުޅުމާލެ ހިޔާގެ ނުވަ ވަނަ ފަންގިފިލާގައި މީހަކު ރަހީނުކޮށް ބޯ ބާލާ، އެވަރުން ނުވެގެން އެމީހާގެ އިނގިލިތައްވެސް ބުރި ކުރަން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެ މައްސަލައިގައި 12 މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެމީހުން ހައްޔަރު ކުރި އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުން އަންނަ ތަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް