ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ދ.ބަނޑިދޫ، ޅ.ކުރެންދޫ، އަދި ސ.ފޭދޫ ހިމެނެއެވެ.

ދ. ބަނޑިދޫގައި ގެއެއްގެ ބަދިގޭ ފުރާޅުން ބައެއް އެއްލައިލުމުގެ ސަބަބުން ބަދިގެއާއި ގޭގެ ސާމާނަށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މި ގޭގައި ދިރިއުޅެމުން އައި 7 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

އައްޑޫ ސިޓީ ފޭދޫގައިވެސް ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިންގަށް ފެން އެޅި، ސީލިންގު ވެއްޓިފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މި ގޭގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ވަނީ ކޮށްފައެވެ.

ޅ. ކުރެންދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިންގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރެވުނު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. ފެން ބޮޑުވުމުގެ ސަބަބުން 104 ގެއަކަށް ގެއްލުން ލިބިފައިވާއިރު، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ވަނީ ގަދަވަޔާއެކު ވިއްސާރަކުރާ ދުވަސްވަރު ދިމާވެދާނެ ހާދިސާތަކަށް ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އާންމުންނަށް އިރުޝާދު ދީފައެވެ. މީގެ ތެރޭގައި ގޭގޭ ފުރާޅު ރައްކާތެރިކުރުމާއި، ކަރަންޓު ބޭނުންކުރާ ތަކެތި ނިންވާލުން، އަދި ކަނޑު ދަތުރުފަތުރުގައި ސަލާމަތީ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy