ހުޅުމާލޭ މޫދުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހުޅުމާލެ މޫދު ގިނަބަޔަކު މޫދު އެރޭ ސަރަހައްދެއް

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެވުނު މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، ކުދިންގެ ނުރުހުމުގައި އެ ކުދިންގެ ގައިގައި އަތްލާން އުޅުނު މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މީހާ ވަނީ މޫދުގައި އުޅުނު އެހެން ކުދިންނަށް ވެސް އެކަހެރި ތަންތަނަށް ދިއުމަށް ބުނެފައިވާ ކަމަށް ވެއެވެ.

ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާއަކީ ހުޅުމާލެ ފޭސް 1 ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއް ކަމަށް ބުނެ، އޭނާގެ ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ލިބިފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކޮށްފައިވަނީ މޫދަށް އެރި އުޅުނު ކުޑަ ފިރިހެން ކުއްޖަކަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy