ސްޕެއިނުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ބްރަޔަން ޒަރަގޯޒާ ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑާއި އެކު 3-2ގެ ނަތީޖާއަކުން ސްވިޓްޒަލަންޑު އަތުން ސްޕެއިން މޮޅުވެއްޖެއެވެ.
ރޭގެ މި މެޗަށް ނިކުތްއިރުވެސް ސްޕެއިނަށް އޮތީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން މި މެޗުގެ ނަތީޖާއިން ޕޮއިންޓް ތާވަލަށް މި ދެޓީމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސްޕެއިންގެ ޔެރެމީ ޕިނޯއެވެ. ނަމަވެސް ސްވިޓްޒަލަންޑުން މެޗު ދެފަހަރު އެއްވަރުކުރިއެވެ. ފުރަތަމަ ފަހަރު އެއްވަރުކުރީ ޖޮއެލް މޮންޓެއިރޯއެވެ. އަދި ދެވަނަ ފަހަރު އެއްވަރުކުރީ އެންޑީ ޒެގީރީއެވެ. މި މެޗުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ބްރަޔަން ގިލްއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނިޓްގެ ތެރެއިން 3 ވަނަ މިނިޓުގައި ސްޕެއިނަށް ލިބުނު ޕެނަލްޓީއަކުން ބްރަޔަން ޒަރަގޯޒާ ޖެހި ލަނޑުން މެޗު ނިމުނީ ސްޕެއިން 3-2 އިން މޮޅުވެގެންނެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ޑެންމާކް އާއި ސާބިޔާ ބައްދަލު ކުރި މެޗުން މޮޅުވެގެން ސާބިޔާއަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބެން އޮތް ނަމަވެސް، އަމިއްލަ ގައުމުގައި ސާބިޔާ ކުޅުނު މި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. އެހެންކަމުން ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ޑެންމާކަށް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. އަދި ސާބިޔާއަށް ޖެހޭނީ ރެލިގޭޝަން ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް