ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެކަމަށް ވަޒީރު އިހުސާން ވިދާޅުވެއްޖެ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން އެސްއެސް ޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ވަޒީރު ވިދާޅުވެފައިވަނީ ގޭންގުތައް ހުއްޓުވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. އަދި މިކަން ކުރެވޭނެ ގާބިލުކަން އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެބަހުރިކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ގޭންގުތަކުގެ ބާރު ރާއްޖޭގައި ގަދަވެގެން އައީ ކުރީގެ ސަރުކާރުތަކުން ގޭންގުތަކަށް އެއްބާރުލުން ދީފައި އޮތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމާމެދު ވިސްނާ ވަރަށް ނިމިދިޔަ ސަރުކާރުތަކުން ވެސް ވިސްނިނަމަ ގޭންގުތަކުގެ ބިރުވެރިކަން ބޮޑު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު ކުށުގެ މާހައުލުގައި އުމުރުން 12، 13 އަހަރުގެ ކުދިން ހަރަކާތްތެރިވަމުން އަންނަ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށާއި، އެ އިސްލާހު މިހާރު ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް ތަންފީޒު ކުރުމުގައި އެ ވުޒާރާއިން ދިވެހި ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުން މިކަމަށް ފިޔަވަޅު އަޅަނީ އެންމެން މިކަމަށް ޒިންމާވާން ޖެހޭ ހާލުގައި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy