ޑޮލަރު މާރުކުރުމުގެ އުސޫލަށް ބަދަލެއް ނާންނާނެކަމަށް އެމްއެމްއޭއިން ބުނެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އެންމެފަހުން އެކުލަވާލި އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ އުސޫލު މުރާޖައާކޮށް ބަދަލު ގެނެސްފައިވާކަމަށް ބުނަމުންދާތީއެވެ.

މަރުކަޒީ ބޭންކުން މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ވަނީ ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް އައު އުސޫލެއް އެކުލަވާލާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަނީ އެ އުސޫލު މުރާޖައާކުރުމަށް ގޮވާލާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެމްއެމްއޭގެ އައު އުސޫލާ އެއްގޮތަށް ޑޮލަރު މާރުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފައްޓަވާނެ ކަމަށާއި، އެ އުސޫލަށް ބަދަލު ގެނެވެން ނެތްކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި، ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް އާއްމުކުރި އުސޫލު އަދިވެސް އޮތީ އެގޮތުގައެވެ. އަދި އެ އުސޫލަށް އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާކަމަށް އެމްއެމްއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy