ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ލިލީމަގުގައި ހުންނަ މުލިއާގޭގެ ގަރާޖުގައި ޒުވާނުންގެ މަރުކަޒެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިފަދައިން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ހުށަހެޅުއްވި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި، މި މަރުކަޒަކީ ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރިކުރުވައި މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުންތައް ބަދަހި ކުރާ ތަނަކަށް ވާނެއެވެ. މި މަރުކަޒުގައި އެކިކަހަލަ ބޫޓް ކޭމްޕުތަކާއި ސްކިލް އެކްސްޗޭންޖު ޕްރޮގުރާމުތަކުގެ އިތުރުން ވާޗުއަލް ޓްރެއިނިން އާއި ކޮމިއުނިޓީ އާޓް ވޯލް އަދި އެކި ބާވަތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މި މަރުކަޒުގައި ރާއްޖެއަށް ހާއްސަ ކާބޯތަކެތި ވިއްކުމަށާއި ކުދި އަދި މެދުފަންތީގެ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކޭނެ ކެފެޓޭރިއާއެއް ހިމެނުމަށް ވެސް ވަނީ ހުށަހެޅިފައެވެ. މި މަރުކަޒު ގާއިމު ކުރާއިރު، އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކަށް އައިސްގޮސް އުޅޭ މީހުންނަށާއި އެ ސަރަހައްދުގެ ޓްރެފިކަށް ދަތި ނުވާނޭ ފަދަ ރަނގަޅު ޓްރެފިކް ޕްލޭނަކާ އެކު ކުރިއަށް ގެންދަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
މި މަޝްރޫއު ފެށުމާއެކު، ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަރުކަޒަކީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، އެމީހުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް