އަންނަ އަހަރު ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެ: ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ އަހަރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

މިނިސްޓަރު މި ޔަޤީންކަން ދެއްވީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، ކުރީގެ ބަޖެޓުތަކުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކުޑަ އަދަދެއް ޖަހާފައި ހުރުމުން، އެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުރި ކަން ފާހަގަކުރެވިފައިވެއެވެ. އަދި ބަޖެޓުގެ ޖާގަ ނެތުމާއި ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން ވެސް ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އަލަށް ފަށާ މަޝްރޫޢުތަކަށް ތިން ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި މަޝްރޫޢުތައް ކުރިއަށް ގެންދާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ގެންގުޅޭ ލިސްޓުގައި އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެއެވެ. އަދި އަންނަ އަހަރު ތެރޭގައި ވެސް ހުރިހާ ރަށެއްގައި، ސިޓީތަކާއި މާލޭގައި ވެސް ޕްރޮޖެކްޓްތައް ފެށުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން ޕްރޮޖެކްޓުތަކާ ގުޅޭ ތަފްސީލްތައް އިޢުލާން ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy