އަންނަ އަހަރު 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ފަށަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި، އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާވާފައިވާ މަޝްރޫއުތައް ހިމެނެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެވެ. މި ގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރު ބިނާކުރުމަށް 1.5 ބިލިއަން ރުފިޔާ އަދި ހައުސިން ލޯނަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި އަޅާ 15،000 ހައުސިން ޔުނިޓުގެ އިތުރުން، ރަށްރަށުގައި ވެސް 12،940 ހައުސިން ޔުނިޓު އަޅަން ފަށާނެއެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ތިނަދޫ، އައްޑޫ، އަދި ފުވައްމުލަކުގައި އަޅާ ފްލެޓުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

+އަދި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، 41 ރަށެއްގައި އަލަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެއެވެ. މި މަޝްރޫއުތަކަކީ އެމަނިކުފާނު އެކި ރަށްރަށަށް ވަޑައިގެން ވެފައިވާ ވައުދުތަކުގެ ތެރެއިން ހިމެނޭ މަޝްރޫއުތަކެއް ކަމަށް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy