އިންޑިއާގެ މަނިޕޫރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
އިންޑިޔާގެ މަނީޕޫރު ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ބައެއް ސަރަހައްދުތަކުގައި އިންޓަނެޓާއި މޮބައިލް ފޯނު ޚިދުމަތްތައް ކަނޑާލައި، ކަރފިއު އިއުލާންކޮށްފިއެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ މެއިޓީ ދަރިކޮޅުގެ ރައްޔިތުން ބައެއް ސިޔާސީ ވެރިންގެ ގެދޮރު ކައިރިއަށް އެއްވެ، އެ ސަރަހައްދުތައް ވަށައިލުމާ ގުޅިގެންނެވެ.
އެންމެ ފަހުގެ މި ހަމަނުޖެހުންތައް ފެށުނީ މެއިޓީ ދަރިކޮޅުގެ ތިން މީހަކު މަރާލުމާ ގުޅިގެންނެވެ. މި މަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ސަތޭކައެއްހާ މީހުން ވަނީ އިމްފާލްގައި ދިރިއުޅޭ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގެދޮރު ކައިރިއަށް އެއްވެފައެވެ.
ފުލުހުން ބުނެފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ނުވަ މެންބަރެއްގެ ގެއަށް މުޒާހަރާގެ ބައިވެރިން ހަމަލާދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ގެއެއްގެ ތެރެއަށް ވަދެ، މުދަލާއި ތަކެއްޗަށް ގެއްލުންދީފައިވެއެވެ.
2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މަނީޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 250 އެއްހާ މީހުން މަރުވެފައިވާއިރު، 60,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަނީ އިތުރު ސިފައިން ފޮނުވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް