4000 ފްލެޓު ލިސްޓަށް ނުފޫޒެއް ނުފޯރުވާނަން: ރައީސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ ހައިދަރު

ކުރީގެ ސަރުކާރުން އިއުލާނުކުރި 4000 ފްލެޓު ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފްލެޓު ލިސްޓުގެ މަސައްކަތް ލަސްވަނީ ލިސްޓުގެ ސައްހަކަން ޔަގީންކުރާތީ ކަމަށެވެ. އޭސީސީން ބެލި ބެލުމުން އުސޫލާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ފާހަގަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ފަރާތްތަކަށާއި އެއް އާއިލާއެއްގެ ގިނަ މީހުންނަށް އުސޫލާ ޚިލާފަށް ފްލެޓު ދީފައިވާ ކަމަށެވެ. ފްލެޓު ލިސްޓު އިއުލާނުކުރާއިރު މިއީ ކޮން ބައެއްކަން ހާމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ ﷲ ގަންދީއޭ ހުވާ ކޮށްގެން. ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ. އަޅުގަނޑު ކުރާނީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު ހުރިހާ ކަމެއް ވެސް،" ރައީސް ވިދާޅުވިއެވެ.

ފްލެޓު ލިސްޓު ދޫކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ އެކަންކަން ބަލައި ނިމުނުހާ އަވަހަކަށް ލިސްޓު އާންމުކުރާނެ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy