އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.
މާލޭ ސަރަހައްދަށް ރޭއްސުރެ ދަނީ ވާރޭ ވެހެމުންނެވެ.
މެޓް އޮފީހުގެ މަޢުލޫމާތު ދައްކާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ފާހަގަކޮށްފައެވެ. ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަތީގައި ވިއްސާރަ ވިލާ އުފެދިފައިވެއެވެ.
މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މޫސުން ގޯސްކޮށް ދައްކާ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލުގައެވެ. އެހެން ހިސާބުތަކަށް 3 މީލާއި 13 މޭލުގައެވެ.
މޫސުމުގެ ނުރައްކަލަށް ސަމާލުވުމަށް އަންގައި، މެޓު އޮފީހުން ވަނީ މިއަދު މެންދުރު 1:30 އާ ހަމައަށް، ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު އެލާޓު ނެރެފައެވެ. މި ހާލަތުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް