ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ޕާޓީތައް ޖޫރިމަނާކުރެވޭ ގާނޫނު ތަސްދީގުކުރައްވައިފި

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަފަހަރަށް ހަރަކާތްތެރިު ވަނީ އިންތިިހާބުތަކާއި ދިމާކޮށް

ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ޕާޓީތައް ޖޫރިމަނާކުރެވޭ ގާނޫނު ރައީސުލްޖުމުހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއަދު މި ތަސްދީގު ކުރެވުނު ސިޔާސީ ޕާޓީގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ގާނޫނާ ޚިލާފުވާ ޕާޓީތަކުގެ މެންބަރުންނާއި ޕާޓީތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އިސްލާހުގެ ދަށުން، ގާނޫނާ ޚިލާފުވާ މެންބަރުން 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީއެއް އުވާލެވޭ ހާލަތުގައި އެ ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ ފަދަ ތަކެތި އަލުން ބޭނުންކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދެވޭ ފައިސާގެ މިންވަރު ވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރެވޭނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy