އަރައްބިއްޔާ ސްކޫލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާއާރުސީސީ) އާ ހަވާލުކޮށް، މިއަދު އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 85 މިލިއަން ރުފިޔާއަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ، މި އެއްބަސްވުމަކީ ކުރިން ލިބިފައި އޮތް އެއްބަސްވުމުގެ އަގަށްވުރެ 83 މިލިއަން ރުފިޔާ ކުޑަ އަގެއްގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. ކުރީގެ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 168.5 މިލިއަން ރުފިޔާއަށް ކަމަށް ވާއިރު، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވަނީ އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ އަގެއްގައެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ކުރިން ނިންމާފައިވާ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގެ ބަދަލުގައި، މިހާރު ނިންމާފައިވަނީ ކުރީގެ ކުނިކޮށި ހުރި ބިމުގައި އިމާރާތް ކުރުމަށެވެ. މިއީ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުން ލަސްވެފައިވަނީ އިތުރު 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުމުން، އެ ފައިސާ ސަލާމަތްކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓަރު އިސްމާއިލް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފައިސާއަށް ވުމުން، އިތުރު ޚަރަދު ކުޑަކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް