"ދާލަން" އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް 3،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

އެމްއޭސީއެލްގެ ސްޓޯލަށް މިނިސްޓަރ މާރިޔާ ޒިޔާރަތް ކުރެއްވުން / ފޮޓޯ:އެމްއޭސީއެލް

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން ބޭއްވި "ދާލަން" ކެރިއާ އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް 3،377 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މަހުގެ 15 އިން 16އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާ އިރު، 103 މީހަކު އިންޓާންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ފުރިހަމަކޮށްފައިވެއެވެ.

އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވި މި އެކްސްޕޯގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި އެ ކުންފުނިން ކުރާ މުހިއްމު މަސައްކަތްތައް ދައްކާލައި، އިޤްތިޞާދާއި ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ދީފައިވެއެވެ.

މި ފެއާގައި އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފައިވާ އިރު، ބާކީ ހުރި އެޕްލިކޭޝަންތައް ޕްރޮސެސްކުރުމަށްފަހު އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު މި އެކްސްޕޯއަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށްވާއިރު، މި އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ލިބުނު ތަރުހީބަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައިވެސް އެ ކުންފިން ދެކެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy