ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން އޭޖީ ދެއްވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައި ދެއްވަނީ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވަނީ ދެއްވައިފިއެވެ.

މި ޔަގީންކަން ދެއްވީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބިލުގައި ނޫސްވެރިކަން ކުރުން ހަނިވާ ގޮތަށް އޮތުމުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ޖާނަލިސްޓްސް އެސޯސިއޭޝަން ގުޅިގެން 'ހަތަރެއްގެ ހައްގުގައި' ނަމުގައި ކެންޕޭނެއް ފަށާފައިވެއެވެ. މި ކެންޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން ވަނީ އޭޖީ އުޝާމްއާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލާ ބައްދަލުކޮށްފައެވެ.

އޭޖީ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އޭޖީ އުޝާމް ވަނީ ނޫސްވެރިންގެ ޝަކުވާތަކަށް އަޑުއަހައިވަޑައިގެން، އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ބައްދަލުވުމަށްފަހު ފަހު ބޭއްވުނު އިތުރު ބައްދަލުވުމެއްގައި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވެފައިވަނީ، އެމްއެމްސީއާއި ބްރޯޑްކޮމް އުވާލައި، މީޑިއާ ރެގިއުލޭޓު ނުކުރާ ގޮތް ހެދުމަކީ އޭޖީގެ ވިސްނުންފުޅެއްކަން ހިއްސާކުރެއްވި ކަމަށެވެ.

މި މައްސަލައިގައި ޖަމިއްޔާތަކުން ވަނީ މިހާރު ހުށަހަޅާފައި އޮތް ބިލު ބޭރުކޮށް، މީޑިއާތަކާ މަޝްވަރާކޮށްގެން އާ ބިލެއް ޑްރާފްޓު ކުރުމަށް ގޮވާލާފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުން ދެއްވާފައިވާ ޔަގީންކަމަކީ ނޫސްވެރިންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy