އެއާރ އެމްބިއުލާންސްގެ ސަބަބުން ރައްޔިތުންނަށް އެތައް ފަސޭހައެއްވޭ
ހެލްތް މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 437 ދަތުރުކޮށް، 540 ބަލިމީހުން ވަނީ އުފުލާފައެވެ.
މި ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށީ މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.
އެއާ އެމްބިއުލާންސް ތަޢާރަފުކޮށް ސިއްޙީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޚިދުމަތް އޮޕަރޭޓްކުރަމުން އަންނަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
މި ސަރުކާރުން އެއާ އެމްބިއުލަންސްގެ ޚިދުމަތް ފެށުމުގެ ކުރިން، ކުއްލި ހާލަތުގައި ބަލިމީހުން އަތޮޅުތެރެއިން މާލެއަށް އުފުލުމަށް ބޭނުންކުރަމުންދިޔައީ އާންމު ދަތުރުތަކަށް ވެސް ބޭނުންކުރާ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކެވެ. އެކަމުގެ ސަބަބުން ބަލިމީހުން މާލެ ނުގެނެވި ލަސްވުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވެފައިވެއެވެ.
އެކަން ހައްލުކުރުމަށް ތަޢާރަފުކުރި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޑޭޝް މަތިންދާބޯޓުގައި ވަނީ ބަލިމީހުންނަށް ކުއްލި ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ވެސް ހަރުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް އަވަސް ފަރުވާ ލިބުމުގެ ފުރުސަތު އިތުރުވެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް