ރޭގެ މެޗުގައި ނެދަލޭންޑްސްއިން ވަނީ މޮޅުކުޅުމެއް ދައްކާފައި
ޔޫއެފާ ނޭޝަންސް ލީގުގައި ނެދަލޭންޑްސް އިން ހަންގޭރީ އާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅެވުނު މި މެޗު ފެށިގެން ކުރިއަށްދަނިކޮށް، ހަންގޭރީގެ އެސިސްޓެންޓް ކޯޗު އެޑަމް ސަލާއީ ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން މެޑިކަލް އެމަޖެންސީއެއްގެ ގޮތުގައި މެޗުގެ ކުޅުން ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ. ނަމަވެސް ސަލާއީގެ ހާލަތު މިހާރު ރަނގަޅު ކަމަށް ހަންގޭރީގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ.
މެޗުގައި ނެދަލޭންޑްސްގެ ފަރާތުން ވައުޓް ވެގްހޮސްޓް، ކޯޑީ ގެކްޕޯ، ޑެންޒެލް ޑަމްފްރައިސް އަދި ޓިއުން ކޫޕްމެއިނާސް ވަނީ ލަނޑު ޖަހާފައެވެ. މި މޮޅުވުމާއެކު ނެދަލޭންޑްސް އަށް ވަނީ ފަސް މެޗުން 8 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފައެވެ.
ހަންގޭރީ އަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ މައިނަސް ހަތް ގޯލުގެ ތަފާތަކާއެކުގައެވެ. ގްރޫޕުގެ ފުލުގައި އޮތް ބޮސްނިއާ އަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް