ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި

ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ހުޅުވުން

ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސް މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައު ޚިދުމަތްތައް ތަޢާރަފްކޮށް، މިހާރު ދެމުންދާ ޚިދުމަތްތައް ކުރިއަރުވައި، މިދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށެވެ.

ޓަރޝަރީ ފެންވަރަށް ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް، 10 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓު (އައިސީޔޫ)، އަދި 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ހިމެނެއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގައި ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ޤާއިމްކޮށްފައިވެއެވެ. މި ޑިޕާޓްމަންޓަކީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ތަނެވެ. ޒަމާނީ ފެންވަރުގެ މެޝިނަރީއާއެކު މި ޑިޕާޓްމަންޓް ޤާއިމްކުރުމުން މެޑިކަލް އާލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވޭނެއެވެ.

މި ތަރައްޤީތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy